އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް މާފަންނުގައި ހުންނަ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ބައެއް ހަމަޖެއްސުމަށް ނިންމައިފިއެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ސެޕްޓެމްބަރުމަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް އަޑުގެ އިމާރާތުން ބައެއް ހަމަޖައްސައިދިނުމަށް ޕީއެސްއެމްގައި އެދިފައިވާނޭކަމަށެވެ. އަދި އަަޑުގެ އިމާރާތުން ބައެއް، އަންނަ ޖެނުއަރީމަހު ހަމަޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނަށް ޕީއެސްއެމުން އަންގާފައިވާކަމަށްވެސް އިލެކްޝަނުން ބުނެއެވެ.
އިލެކްޝަނުން ބުނީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ފެށެން އޮތީ އެފަދަ މަސައްކަތްކުރެވޭނެ ބޮޑު ތަނެއް ލިބިގެންކަމަށާއި އިންތިޚާބުގެ ރަޖިސްޓްރޭޝަންގެ މަސައްކަތްތަކާއި ކޮމްޕްލެއިންސް ބިއުރޯ ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ މާފަންނު އަޑުގައިކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް މައި މަރުކަޒުގެ ގޮތުގައި ބޭނުންކޮށްފައިވަނީ ބައު ޖަމާލުއްދީން ސްކޫލު އިމާރާތެވެ. ނަމަވެސް އެތަނުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ހެދުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު