ފުލުހުންގެ ވޭން ހޫނުގަދަވެގެން ޝަކުވާ ކުރުމުން އެ ވޭނަކީ ކުރީގެ ރައީސް ޔާމިން ދިން ވޭނެއް ކަމަށް ފުލުހަކު ބުނިކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް-ޕީއެންސީން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން އޭނާ ހައްޔަރުކުރުމަށްފަހު ދޫކޮށްލުމާއި ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަން ކައިރީގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ އޭނާއާއެކު ހަ މީހަކު ހައްޔަރުކޮށް ފުލުހުންގެ ވޭނަށް އެރުވި ކަމަށެވެ. އަދި ވޭންގެ ހޫނުގަދަވުމުން ވެންޓިލޭޝަން ނުހުންނަނީހޭ ސުވާލުކުރުމުން އެ ވޭނަކީ ރައީސް ޔާމިންގެ ސަރުކާރުގައި ގަނެދިން ވޭނެއް ކަމަށް ވޭން ދުއްވަން އިން ފުލުހަކު ބުނި ކަމަށް ސައީދު ވިދާޅުވިއެވެ.
"ހަމަ މިހެން ބުނީ މިއީ ޔާމިން ގަނެދީފަައި ހުރި އެއްޗެކޭ، ދިވެހި ދައުލަތުގެ ޓެކްސް ޕޭޔަރުންގެ ފައިސާ އިން ހޭދަކޮށްގެން ފުލުހުންގެ މުވައްސަސާ ފަދަ ތަންތަނަށް ޔުނީފޯމް ގަންނަނީ ކަރާމާތެއް އޭގައި އެކުލެވޭތީ، ﷲ ގަންދީ ހުވާކޮށްފައި މި އޮންނަނީ ދައުލަތް ހިމާޔަތްކުރަން،" ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ރައީސް ޔާމިނަކީ އެއްލައްކަ އަށް ވުރެ ގިނަ ދިވެހި ރައްޔިތުންގެ ތާއިދު އޮތް ލީޑަރެެއް ކަަމަށެވެ. އެމަނިކުފާނު މިނިވަން ކުރުމަށް މަސައްކަތް ކުރުމަކީ ޕީޕިއެމް އާއި ދިވެހި ރައްޔިތުން ކުރާނެ ކަމެއް ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. ރައީސް ޔާމިން މިނިވަންކުރަން ގޮވާލާ މުޒާހަރާތަކުން މީހުން ހައްޔަރުކުރަނީ ހާލަތާއި ނުބައްދަލުގެ ބާރު ބޭނުންކޮށްގެން ވަރަށް އަނިޔާވެރިކޮށް ކަމަށް ސައީދު ވިދާޅުވިއެެވެ.
"ވަރަށް ބޮޑަށް ޕީޕިއެމްގެ އާންމު މެމްބަރުން ބުލީ ކުރުމާއި އިންޓިމިޑޭޓެޑް ކުރުމަށް ރޭވިގެން ކުރާ ކަމެއް މިއީ. މިކަން އަޅުގަނޑު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިޕާޓީ އެއް ނޯއްނާނެ މަޑަކުން، ދިވެހި ރައްޔިތުން ވެސް ނުތިބޭނެ މަޑަކުން. އެއީ އިންޑިޔާ އިން އަންގައިގެން ކަމަށް ވިޔަސް ރައީސް އޮފީހުން އަންގައިގެން ކަމަށް ވިޔަސް ރައީސް ސޯލިހްގެ އެންގުމަށް ކަމަށް ވިޔަސް، މި ޕާޓީ ދެން މަޑަކުން ނޯންނާނެ. އަޅުގަނޑުމެންގެ ހަރަކާތްތައް ދާނީ ކުރިއަށް." ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު