އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަނީ މެމްބަރުންގެ ވަރަށް ބޮޑު އިތުބާރެއް އޮވެގެން ކަމަށް އެޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ކެމްޕެއިން ޓީމުގެ މެންބަރުންނާއެކު ބޮޑުފެންވަޅުގޭގައި ރޭ އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވީ އެމްޑީޕީގެ މެމްބަރުންގެ ވަރަށް ބޮޑު އިތުބާރެއް އޮތުމުން ކަމަށާއި އެ ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ. ރައީސް ނަޝީދު ވަނީ މެންބަރުންގެ ކިބައިން ތާއީދު އިތުރުކޮށް ދެއްވުމަށް މަަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑު މި އިންތިހާބަށް ކުރިމަތި މި ލަނީ ކަނޑައެޅިގެން މޮޅުވާނެކަން އެނގޭތީ،" އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސްކަން ކުރެއްވި ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކެމްޕޭންގައި އެމަނިކުފާނު ނިކުމެވަޑައިގެން އުޅުއްވާނެ ކަމަށާއި އެންމެ ދުވަހެއް ވެސް ދޫނުކުރަށްވާނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވަނީ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު