މ. މަޑުއްވަރީގައި ކުރިއަށްގެންދާ "ސީ.ޔޫ. ޗެމްޕިއަންޝިޕް 2022"ގެ ފައިނަލަށް ބްރަދާޒް އޮފް ދަ ގްރާންޑޭ އަދި ދިއްގަރު ފުޓްސަލް ޓީމް ދަތުރުކޮށްފިއެވެ.
މި މުބާރާތަކީ ކްލަބް އަޕްރައިޒިންގެ ފަރާތުން އިންތިޒާމުކޮށް މ. މަޑުއްވަރީ ކައުންސިލް އިދާރާއިން އެންޑޯޒްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތަކީ ދިއްގަރު ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗު ކުޅެވިފައިވަނީ ތާވަލުގެ ކުރީގައި އޮތް 3 ޓީމުގެ މެދުގައެވެ.
އެގޮތުން މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް ކުޅެފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭގައެވެ. އެ މެޗުގައި ވާދަކޮށްފައިވަނީ ބްރަދާޒް އޮފް ދަ ގްރާންޑޭ އަދި ދިއްގަރު ފުޓްސަލް ޓީމެވެ. މި މެޗު 3-3 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން މެޗު ކާމިޔާބު ކޮށްފައިވަނި ބްރަދާޒް އޮފް ދަ ގްރާންޑޭއިންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ބްރަދާޒް އޮފް ދަ ގްރާންޑޭގެ ޖާޒީ ނަންބަރު 11 އިސްމާއިލް ނާޝިދުއެވެ. ބްރަދާޒް އޮފް ދަ ގްރާންޑޭއަށް މި މެޗުގައި ކާމިޔާބު ކޮށްދިން ތިން ގޯލުވެސް ކާމިޔާބު ކޮށްދީފައިވަނީ ނާޝިދުއެވެ.
ދެވަނަ ސެމީ ފައިނަލް މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ކުޅެފައިވާއިރު އެ މެޗުގައި ވާދަކޮށްފައިވަނީ ދިއްގަރު ފުޓްސަލް ޓީމް އަދި އެފްސީ ބާޒެވެ. މިމެޗު 2-1 އިން ކާމިޔާބު ކޮށްފައިވަނީ ދިއްގަރު ފުޓްސަލް ޓީމެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ދިއްގަރު ފުޓްސަލް ޓީމްގެ ޖާޒީ ނަންބަރު 5 ހުސައިން ފާރިޝްއެވެ.
މ. މަޑުއްވަރީ ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ "ސީ.ޔޫ. ޗެމްޕިއަންޝިޕް 2022"ގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 30 ވާ ހުކުރު ދުވަހުގެ ރޭ 08:30 ގައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ވީސީއެންޓީ އެވެ. މި މުބާރާތުގެ އެންޓަޓެއިންމެންޓް ޕާޓްނަރަކީ މީޑީއާނެޓެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މީޑިއާ ޕާޓްނަރަކީ ރަސް އޮންލައިންއެވެ. މީގެއިތުރުން ބެވަރެޖް ޕާޓްނަރަކަށް ޝާކް އެނަރޖީ މޯލްޑިވްސް އަދި ކިޓް ޕާޓްނަރަކީ ކެޕްޓަން މޯލްޑިވްސްއެވެ.
"ސީ.ޔޫ. ޗެމްޕިއަންޝިޕް 2022" ގައި މި އަހަރު ހަތަރު ޓީމެއް ބައިވެރިވެފައިވެއެވެ. 2019 ވަނަ އަހަރު މީގެ ފުރަތަމަ މުބާރާތް ބާއްވާފައިވާއިރު ކޮވިޑަށް މެދުކެނޑުމަށްފަހު މިއީ ބާއްވާ މީގެ ދެވަނަ މުބާރާތެވެ.

ކިޔުންތެރިންގެ ހިޔާލު