ކޯވިޑް-19 އަށް ފަހު ރާއްޖެއަށްއައި ޖަޕާނުގެ ފުރަތަމަ ކްރޫޒް ލައިނަރއިން 220 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ފަސް ސަތޭކަ މީހުންގެ ޖާގައިގެ "ނިޕޯން މަރޫ" އިން މުޅިންވެސް އައިސްފައި ވަނީ ޖަޕާނުގެ ފަތުރުވެރިންނެވެ.

މި ކްރޫޒް ލައިނަރއަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުންވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. މި ކްރޫޒް ލައިނަރ އިން ޒިޔާރަތްކުރި ބައެއް ފަތުރުވެރިން މާލެއަށާއި މާލެ ކައިރި ރަށްރަށަށް ވެސް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.



ރާއްޖެއަށް ދޭތެރެ ދޭތެރެއިން ބޮޑެތި ކްރޫޒް ލައިނާތައް އަންނަމުންދާއިރު ޖަޕާނު މާކެޓަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެއްޓެއް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން