އަގުއެރޯ އަށް އަނިޔާވެފައި (ފޮޓޯ: ސޯޝަލް މީޑިއާ)
އަގުއެރޯ އަށް އަނިޔާވެފައި (ފޮޓޯ: ސޯޝަލް މީޑިއާ)
މެންޗެސްޓަރ ސިޓީގެ ފޯވަޑް ސާޖިއޯ އަގުއެރޯގެ ކަކުލަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ވޭތުވެ ދިޔަ ދެ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ ބާންލޭ އަތުން 5-0 އިން މޮޅުވި މެޗްގެ ފުރަތަމަ 11ގައި ކުޅެން ނުކުތް ފޯވާޑް ސާޖިއޯ އަގުއެރޯ ވަނީ 44 މިނިޓަށް ފަހު ބާލައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ބާންލީގެ އޭރިއާ ތެރެއިން އަގުއޭރޯއަށް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް މެޗުގެ ބާކީބައި ގެއްލުނު އިރު އިންޖަރީގެ ދިގުމިން ދެމިގެންދާނެ އިރެއް އަދި ނޭންގޭ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މެޗަށް ފަހު ގާޑިއޯލާ ބުނީ އޭނާގެ ޓީމުގެ ރެކޯޑް ގޯލް ސްކޯރާގެ ކަކުލަށް ލިބުނު އަނިޔާގެ ތަފްސީލް އެނގޭނީ އިތުރު ޓެސްޓްތަކަށް ފަހު ކަމަށެވެ. ނަމަވެސް ފެންނަ ފެނުމުގައި އަނިޔާ ސީރިއަސް ކަމަށާއި މިސީޒަނުގައި ކަކުލަށް ލިބުނު އަނިޔާ މުޅިން ރަނގަޅު ނުވަނީސް ރޭ ލިބުނު އަނިޔާގެ ސަބަބުން ފަހަރުގައި އަގުއެރޯއަށް ގިނަ މެޗުތަކެއް ގެއްލުން އެކަށީގެންވާ ކަމަށެވެ.

މި ސީޒަނުގައި ސިޓީން މިހާތަނަށް ކުޅުނު 30 މެޗުގެ ތެރެއިން 24 މެޗުގައި އަގުއޭރޯ ކުޅެފައިވާއިރު، އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ލީގުގައި 16 ލަނޑު ޖަހާފައެވެ. އަދި މި ސީޒަނުގައި ޖެނުއަރީ މަހު އެސްޓަން ވިލާއާ ދެކޮޅަށް ހެދި ހެޓްރިކާއެކު އަގުއޭރޯ ވަނީ އޭނާގެ ކެރިއަރުގެ 12 ވަނަ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ލީގުގައި ދެން އެޓީމުން މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރޭއެވެ. އެރޭ ސިޓީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ސިޓީ މިވަގުތު ތާވަލުގެ ދެވަނައިގައި 63 ޕޮއިންޓް ހޯދައިގެން އޮތް އިރު އެއްވަނައިގައި ލިވަޕޫލް އޮތީ 83 ޕޮއިންޓާ އެކު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން