އާސެނަލްގެ ފްރާންސް މިޑްފީލްޑަރު މަޓެއޯ ގެންޑޫޒީ
އާސެނަލްގެ ފްރާންސް މިޑްފީލްޑަރު މަޓެއޯ ގެންޑޫޒީ
އާސެނަލްގެ ފްރާންސް މިޑްފީލްޑަރު މަޓެއޯ ގެންޑޫޒީގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކަށް އަދަބު ނުދޭން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

ގެންޑޫޒީ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން އާސެނަލް 2-1 އިން ބަލިވި މެޗަށް ފަހު ބްރައިޓަން މޮޅުވި ލަނޑު ޖެހި ނީލް މޯޕޭއާ މެޗަށް ފަހު ޒުވާބުކޮށް އޭނާގެ ކަރުގައި ހިފައިފަ އެވެ. މި މައްސަލަ ބެލުމަށް ފަހު އިނގިރޭސި އެފްއޭއިން އޭނާއަށް ފިޔަވަޅު ނާޅަން ނިންމީ މެޗުގެ ރިޕޯޓުގައި ވެސް އެކަމާ ބެހޭގޮތުން ރެފްރީ އެއްވެސް އެއްޗެއް ހިމަނާފައިނުވާތީއެވެ.

ޕީއެސްޖީ އެކެޑަމީން ކެރިއަރު ފެށި ގެންޑޫޒީ އެ ޓީމު ދޫކޮށްލީ 2014 ވަނަ އަހަރު އެވެ. އާސެނަލްގެ ކުރީގެ ކޯޗު އެމެރީގެ އެދުމަށް އުމުރުން 21 އަހަރުގެ ގެންޑޫޒީ އެ ކްލަބާ ގުޅުނީ 2018 ވަނަ އަހަރު އެވެ. ފަހަކަށް އައިސް ގިނަ މެޗުތަކެއްގައި ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގެންޑޫޒީ ކުޅުނު ނަމަވެސް އޭނާއާ މެދު ގިނަ ސަޕޯޓަރުންތަކެއް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

މޯޕޭވެސް ވަނީ ހޮނިހިރު ދުވަހުގެރޭގެ މެޗަށް ފަހު ދިން އިންޓަވިއުގައި އާސެނަލް ކުޅުންތެރިންނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ވަކި ކުޅުންތެރިއެއްގެ ނަން ނުބުނެ ފާޑުކިއިރު، އޭނާ އިޝާރާތްކުރީ ގެންޑޫޒީއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާސެނަލް މި ވަގުތު ލީގުގެ 10 ވަނައިގައި އޮތްއިރު، އެންމެ ފަހުން އެ ޓީމުން ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. ލީގުގައި އާސެނަލް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ނުކުންނާނީ ސައުތެމްޓަނާ ދެކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން