އާސެނަލްގެ ގެބޯން ފޯވާޑް ޕިއެރޭ-އެމެރިކް އޯބަމަޔަން ހޯދުމަށް ބާސެލޯނާ އިން ފާރަލަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ލުއިސް ސުއަރޭޒްގެ ބަދަލުގައި އެޓީމްގެ ފޯވާޑް ލައިން ބަލަހައްޓަން އިންޓަރމިލާންގެ ފޯވާޑް މާޓިނޭޒް ގެންނަން ބާސެލޯނާ އިން ކުރަމުން އަންނަ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން މާޓިނޭޒް ބޭނުންނަމަ ބާސެލޯނާ އަށް ޖެހޭނީ އޭނާގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 111 މިލިއަން ޔޫރޯ ދޭށެވެ. މިކަމުގައި މާޓިނޭޒްގެ އަގު ދަށްކުރުމަށް އިންޓަ ވަނީ ދެކޮޅުހަދާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާގެ ދެ ވަނަ އޮޕްޝަނަކީ އޯބަމަޔަން އެވެ. އަނެއްކޮޅުން މާޓިނޭޒް ވިއްކާލައިފި ނަމަ އޭނާގެ ބަދަލުގައި ގެންނަން އިންޓަ އިން ބޭނުންވާ ފޯވާޑުންގެ ތެރޭގައި އޯބަމަޔަން ހިމެނެއެވެ.
ބޮރޫޝިއާ ޑޯޓްމަންޑުން ވިދާލި ފޯވާޑް އޯބަމެޔަން 2018 ވަނަ އަހަރު ރެކޯޑް އަގެއްގައި އާސެނަލާ ގުޅި މިހާރު އަންނަނީ އެ ޓީމުގެ ކެޕްޓަންކަން ކުރަމުންނެވެ. އެކަމަކު ޗެމްޕިއަންސް ލީގު ކުޅުމަށްޓަކައި އޭނާ ވެސް އެ ޓީމު ދޫކޮށްލުމުގެ ވިސްނުން އެބަހުއްޓެވެ.
އާސެނަލާ އެކު ގެބޯންގެ ފޯވާޑް އޯބަމަޔަން ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަން ނިމުމުން ހަމަވާނެ އެވެ. އެހެންވެ އޭނާ ކޮންޓްރެކްޓް އާނުކުރާ ނަމަ މި ސީޒަން ނިމުމުން ވިއްކާލަން އާސެނަލަށް ނުސީދާ މަޖުބޫރުކަމެއް ކުރިމަތިވާނެއެވެ. އެއީ އަންނަ ސީޒަނުގެ މެދުތެރެއިން ކުޑަ އަގަކަށް ނުވަތަ ސީޒަން ނިމުމުން ހިލޭ ނުދީ ފަރުޖެއްސުމަށެވެ. އެކަމަކު އޯބަމަޔަން ކޮންމެ ގޮތަކުން ނަމަވެސް ޓީމުގައި މަޑުކުރުވަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ވަނީ ބުނެފައެވެ.
އޯބަމެޔަން އަކީ އިޓަލީގެ އޭސީ މިލާނުގެ ޔޫތު ޓީމުން ކެރިއަރ ފެށި ކުޅުންތެރިއެކެވެ. އޭނާ ފާހަގަވާން ފެށީ ލޯން އުސޫލުން ފްރާންސްގެ ސެއިން-އެޓީނަށް ކުޅުނު ދުވަސްވަރެވެ. އޭގެ ފަހުން 2013 ގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ގުޅި ދުނިޔޭގެ ފެންވަރުގެ ފޯވާޑަކަށް ބަދަލުވި އެވެ. އޭނާ އާސެނަލަށް ސޮއިކުރީ ޑޯޓްމަންޑުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު