ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ, އެމްޑީޕީން އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެތެރޭގެ ޕްރައިމަރީގައި ގޮތް ނިންމާއިރު އެމްޑީޕީގެ މެންބަރުން ފުންކޮށް ވިސްނުމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ގޮވާލައްވައިފިއެވެ.

މިއަދު އިމްރާން ވިދާޅުވީ, އެމްޑީޕީއާއި އޭނާއާއި ސީދާ ގުޅުމެއް ނެތްކަމަށް ވީނަމަވެސް, ގައުމީ މަސްލަހަތާއި ގުޅުންހުރި ގިނަ ކަންކަން އެމްޑީޕީގެ ޕްރައިމަރީގެ ފަހަތަށް އެބަ ހުއްޓޭކަމަށެވެ.

އެހެންކަމުން އެމްޑީޕީގެ ހުރިހާ މެންބަރުންވެސް އެކަމަށް ފުންކޮށް ވިސްނުމަށް އިމްރާން ވަނީ ގޮވާލައްވާފައެވެ.



އިމްރާން މިފަދައިން ވިދާޅުވިއިރު, ޕްރައިމަރީގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އޭގެތެރެއިން އިމްރާންގެ ތާއީދު އަބަދުވެސް އޮންނަނީ ރައީސް ޞާލިޙަށެވެ.

އެހެންކަމުން މިއަދު ކުރެއްވި ޓްވީޓްގައި އެ އެދިވަޑައިގަންނަވަނީ ޕްރައިމަރީގައި ރައީސް ޞާލިޙަށް ވޯޓް ދިނުމަށްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން