އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރ.އަތޮޅުގެ ބައެއް ރަށްރަށްށް ކުރަށްވާ ކެމްޕެއިން ދަތުރެއް ފަށްޓަވައިފިއެވެ.

ރައީސް ސާލިހު ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކެމްޕެއިން ދަތުރުފުޅެއް ފެއްޓެވީ ރ.އަލިފުށްޓަށް އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުއެވެ.

ރައީސް ސާލިހު ޕްރައިމަރީ ކެމްޕެއިންގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ. މާކުރަތުއަށެވެ.



މާކުރަތަށް ރައީސް ސާލިހު ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާއެވެ.

ރައީސް ސާލިހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، އެމަނިކުފާނުގެ ކެމްޕެއިން ޓީމުގައި އިސްކޮށް އުޅުއްވާ ފަރާތްތައް ބައިވެރިވެެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް ސާލިހުގެ އިތުރުން ޕްރައިމަރީގައި ރައީސް ނަޝީދުވެސް ވާދަކުރައްވައެވެ. އެމަނިކުފާނުވެސް ގެންދަވަނީ ކެމްޕެއިންގައި އަތޮޅުތަކުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން