އެޗްޑީސީން ހުޅުމާލޭގައި ކުރިއަށްގެންދާ "އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް"ގެ ދަށުން 15 ގެސްޓް ހައުސް ތަރައްޤީކުރުމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން އާބަން އައިލް ޕްރޮޖެކްޓް ތައާރަފްކޮށްފައިވަނީ މިދިޔަ ނޮވެމްބަރުމަހުއެވެ.

އާބަން އައިލް މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ 23 ހެކްޓަރުގެ ސަރަހައްދުގައެވެ.

މިތަނުގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނެއެވެ.

އެޗްޑީސީން މިހާރު ވަނީ އެ ސަރަހައްދުގައި 15 ގެސްޓް ހައުސް ތަރައްޤީކުރުމަށް ހުޅުވާލާފައެވެ.

ގެސްޓް ހައުސްގެ އިތުރުން އެ ތަނުގައި މެދު ފަންތީގެ 10 ބުރީގެ 3 ހޮޓާ، މަތީ ފަންތީގެ 10 ބުރީގެ 3 ހޮޓާ، 8-10 ބުރީގެ 4 ސިޓީ ހޮޓާ، 6 ބުރީގެ 21 ގެސްޓްހައުސް، 3 ބުރީގެ 11 ލަގްޒަރީ ވިލާ، 8-12 ބުރިއަށް ހަދާ، ސާވިސްޑް އެޕާޓްމަންޓް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން