މާލޭގައި އިދިކޮޅު ފަރާތްތަކުން ރޭ ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން އުމުރުންދުވަސްވީ އަންހެނަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމަށްފަހު އިދިކޮޅު ފަރާތްތަކުން ދަނީ މާލޭގައި ކޮންމެ ރެޔަކު ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ. އަދި މުޒާހަރާއިން ކޮންމެ ރެކަޔަކުވެސް ބަޔަކު ހައްޔަރުކުރެއެވެ. މިގޮތުން ރޭ ބޭއްވި މުޒާހަރާއިންވެސް ބަޔަކު ވަނީ ހައްޔަރުކޮށްފަައެވެ.

ރޭގެ މުޒާހަރާއިން ބަޔަކު ހައްޔަރުކުރިއިރު، އުމުރުން ދުވަސްވީ މީހަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން ސޯޝަލް މީޑިއާގައި ފުލުުހުންނަށް އެތައް ބަޔަކު ދަނީ ފާޑު ވިދާޅުވަމުންނެވެ.

ފުލުހުންނަށް އަމާޒުވަމުންދާ ފާޑު ކިޔުންތަކާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމަށް އިޝާރަތްކުރައްވާފައެވެ.



ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާއި މެދު ކަންބޮޑުވާކަމަށެވެ. އަދި އެ މައްސަލަ ބައްލަވާނޭކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ފުލުހުންނާއި ގުޅޭގޮތުން މިފަދަ މައްސަލަތައް ހުށަހެޅުނަސް އާއްމު ގޮތެއްގައި އެދެވޭ ފިޔަވަޅެއް އެޅޭ ތަނެއް ނުފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު