އިއްޔެ ހިނގި އަލިފާނުގެ ޙާދިސާގައި އަނދާފައިވާ ހުލިވި ސިޓީ ކައުންސިލުގެ އެކޮމޮޑޭޝަން ބްލޮކްތަކުގައި ދިރިއުޅޭ މުވައްޒަފުންނަށް ވަގުތީ ހިޔާއެއްގެ ގޮތުގައި ހުޅުމާލޭގެ ހުންނަ ކޯވިޑް ވިލެޖް ސަރުކާރުން ހަމަޖައްސައިފިއެވެ.

އިއްޔެ ހެނދުނު މާލޭގައި ހުންނަ ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި ނީލަން ފިހާރައިގެ އިތުރުން، އެތަނާއި ޖެހިގެން ހުރި ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުން ތިބޭ އެކޮމޮޑޭޝަން ބްލޮކްވެސް ވަނީ އަނދާ ހުލިވެފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވީ ސިޓީ ކައުންސިލްގެ 202 ބިދޭސީ މުވައްޒަފުން މިހާރު ކޯވިޑް ވިލެޖަށް ބަދަލުކޮށްފައިވާކަމަށެވެ.



ސިޓީ ކައުންސިލުގެ މުވައްޒަފުންގެ އިތުރުން ރެއިންބޯ ކުންފުނީގެ 133 މުވައްޒަފަކުވެސް އެތަނުގައި ދިރިއުޅުނެވެ. އެ ބިދޭސީން އެކުންފުނީގެ އެހެނިހެން އެކޮމޮޑޭޝަން ބްލޮކްތަކަށް ވަނީ ބަދަލުކޮށްފައެވެ.

އެންޑީއެމްއިން ވަނީ ކޯވިޑް ވިލެޖަށް ބަދަލުކުރި މީހުންނަށް ބޭނުންވާ ކަންކަން އިންތިޒާމްކޮށްފައެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިގެން ކޯވިޑް ފެސިލިޓީއަށް ބަދަލު ކުރި މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން