އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، އެމްޑީޕީގެ މާލެ ދާއިރާގެ މެމްބަރުންނާއެކު މިރޭ ބައްދަލުވުމެއް ބާއްވަން ހަމަޖައްސަވައިފިއެވެ.

މިއީ ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

ރައީސް ސާލީހުގެ ކެމްޕެއިން ޓީމުން ބުނީ މާލެ ދާއިރާގެ މެމްބަރުންނާއެކު ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ދަރުބާރުގޭ ފާށަނާ މާލަމުގައި ކަމަށެވެ. މިބައްދަލުވުމުގައި މާލެ ދާއިރާގެ މެމްބަރުންގެ އިތުރުން ކެމްޕެއިން ޓީމުތަކާއިވެސް ރައީސް ސާލިހު ބައްދަލުކުރައްވާނެއެވެ.



އެމްޑީޕީގެ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސާލިހު ވަނީ ރ، ނ، ޅ، އަދި ބ. އަތޮޅަށް މިދިޔަ ދެތިން ދުވަހުގެ ތެރޭގައި ދަތުރުކުރައްވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސާލިހާއި ރައީސް ނަޝީދެވެ. ރައީސް ނަޝީދުވެސް ގެންދަވަނީ ބޮޑު ކެމްޕެއިނެއް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން