އަހުމަދު މަސްނޫމް   10 ޖެނުއަރީ 2023 - 18:53
ކްރިމިނަލް ކޯޓަށް ޤާޟީން ހޯދަން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ހުޅުވާލައިފިއެވެ.

ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކޮމިޝަންގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

އަދި މި ފުރުސަތު މިމަހުގެ 24 ވަނަދުވަހުގެ ނިޔަލަށް ހުޅުވައިލާފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.



މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކަށްވުމާއި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިިގްރީ ހާސިލްކޮށްފައިވާ މީހަކަށްވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން 2 އަހަރު ދުވަހު ތަޖުރިބާ ހުރުމަކީވެސް މި މަޤާމަށް ކުރިތިމަތިލާ މީހެއްގެ ޝަރުތެކެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީންނަށް އިނާޔަތަކާއެކު މަހެއްގެ މައްޗަށް 48300 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެއެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސްވެސް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން