އިބްރާހިމް ފަހީމް   11 ޖެނުއަރީ 2023 - 1:7
އެމްޓީސީސީން އޮޕަރޭޓް ކުރަމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތަށް ވިސާ އަދި މާސްޓަ ކާޑު މެދުވެރިކޮށް މިއަދުން ފެށިގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މިއަދު ތައާރަފުކުރި މި ހިދުމަތާއިއެކު ކޮންޓެކްޓްލެސް މާސްޓަރ ކާޑު އަދި ވިސާ ކާޑު ބޭނުންކޮށްގެން ދަތުރަށް ފައިސާ ދެއްކޭނެއެވެ.

މި ހިދުމަތާއި ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ އެމްޓީސީސީގެ އާރްޓީއެލް ބަސް ޚިދުމަތް ހޯދުމަށް ކޮންޓެކްޓްލެސް މާސްޓަކާޑު އަދި ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑުން ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމްކުރުމަށް އެ ކުންފުނީގެ ޕާޓްނަރުން ވެދެއްވި އެހީއާއި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރަށްވާފައެވެ.

އެގޮތުން މިއީ ބަހުގެ ހިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އަމާޒަކީ ފަސޭހަކަމާއެކީ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ ކަސްޓަމަރުންނަށް ފެންވަރަ ރަނގަޅު ހިދުމަތެއް ދިނުންކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ސަރުކާރުން ހިންގާ މި މަޝްރޫއުގެ ދަށުން އޮޕަރޭޓްކުރާ ފެރީއާއި ބަހުގައި މިހާރުވެސް ޓިކެޓް ނެގުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައި ހުރެއެވެ. އެގޮތުން އާރްޓީއެލް އެޕް މެދުވެރިކޮށް ޓިކެޓް ނެގޭ ހިދުމަތަކީ ވެސް ފާހަގަކޮށްލެވޭ ހިދުމަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން