ދުނިޔޭގެ އެންމެ އަގުބޮޑު އެންމެ ކޮލިޓީ ވޯޓް ކަރުދާސް ބޭނުންކުރަނީ ދިވެހިރާއްޖޭގައި ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގް ވިދާޅުވެއްޖެއެެވެ.
ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގް ވިދާޅުވީ، މުޅި ދުނިޔެއިން ވެސް އެންމެ އަގުބޮޑު އެންމެ ކޮލިޓީ ވޯޓް ކަރުދާސް ބޭނުންކުރަނީ ދިވެހިރާއްޖެއިން ކަމަށާއި އެކަން ބޭރު ގައުމުތަކުގެ އިލެކްޝަން ކޮމިޝަންތަކުން ފާހަގަކުރާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ހުންނަ ވޯޓް ކަރުދާހުގެ ކޮލިޓީ އާއި ސެކިއުރިޓީ ފީޗާސް އެގައުމުތަކަށް ވުރެ ބޮޑަށް ރަނގަޅު ކަމަށް އެގައުމުތަކުން ބުނެފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާހުގެ ކޮލިޓީ ދެރަ ނުވާނެ ކަމަށެވެ. ވޯޓް ކަރުދާސް ޗާޕްކުރަނީ އޭގެ ޑުބުލިކޭޓް ނުވަތަ ނަކަލެއް ނުހެދޭނެ ފަދަ ވަރުގަދަ ފީޗާސްތަކާއެކު ކަމަށް ފުއާދު ވިދާޅުވިއެވެެ.
"އެންމެ ރައްކާތެރިކަމާއެކީގައި ޕޮލިސްގެ ބެއްލެވުމުގެ ދަށުގައި ޗާޕްކުރަން ފަށާ ހިސާބުން ފެށިގެން ގޮސް ވޯޓްލާ ނިމެންދެން ޕޮލިސް ސާރވިސް ބެލެހެއްޓުމުގެ ދަށުން ވޯޓް ކަރުދާސް ގެންދެވޭނެ ބެލެހެއްޓޭނެ އެއަށް އެއްވެސް ކަހަލަ ބައެއްގެ ފަރާތުން އެއްވެސް ކަމެއް އަޔަކަ ނުދޭނެ." ފުއާދު ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ތައްޔާރީތައް އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ. ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެންބަރ މަހުގެ ކުރީކޮޅު ބާއްވަން އެކޮމިޝަނުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު