ހުޅުމާލެއިން އިންސާނެއްގެ ކަށިތައްކަމަށް ބެލެވޭ ކަށިތަކެއް ފެނިއްޖެއެވެ.

ފުލުހުން މިރޭ ބުނީ, ހުޅުމާލޭ ރެޑްބުލް ޕާކާއި ދިމާ އަތިރިމަތިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 5.38 އެހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށަށް އެ ކަށިތައް ގެނެސް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން