ބައެއް ފަހަރު މަސައްކަތްތައް ލަސްވަނީ އެއްފަހަރާ އެތައް ސަތޭކަ ޕްރޮޖެކްޓެއް ކުރިއަށްދާތީކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ސަރުކާރުން ޒުވާނުންނާއި ކުޅިވަރަށް ކުރައްވާ ބައެއް މަސައްކަތްތައް ލަސްވާކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވައެވެ.

މަހްލޫފް ވިދާޅުވީ ބައެއް ފަހަރު މަޝްރޫއުތަކުގައި ލަސްތަކެއް އުޅޭކަމަށެވެ. ނަމަވެސް އެއީ އެއްފަހަރާ އެތައްސަތޭކަ ޕްރޮޖެކްޓެއް ކުރިއަށްދާއިރު ތަފާތު ސަބަބުތައް މެދުވެރިވެގެން ދިމާވާ ލަސްތަކެއްކަމަށް މަހްލޫފް ވިދާޅުވިއެވެ.



ބައެއް މަސައްކަތްތައް ނިމެމުންދާކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ ރ.މީދޫގައި މިރުސް ގަސް އިންދި ފުޓުބޯޅަ ދަނޑުގެ މަސައްކަތް މިހާރު ނިމެމުންދާކަމަށެވެ. އަދި ނޮޅިވަރަމާއި ލ.މާމެންދޫ ދަނޑު ދެން މާލަސްތަކެއްނުވެ ނިންމާލެވޭނެކަމަށް ކޮންޓްރެކްޓަރ މައުލޫމާތުދޭކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ޒުވާނުންނާއި ކުޅިވަރު ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިންޑޯރ އަދި އައުޓް ޑޯރ ކުޅިވަރު ފެސިލިޓީސްތައް ވިނަ އަދަދަކަށް ގާއިމްކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން ކުޅުންތެރިންނަށް ތަމްރީން ހޯދައިދިނުމަށްވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން