ތ.ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށްދާކަމަށް އެމްޓިސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ.



އެމްޓިސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަޙައްދަށް އެޅުމާއި، 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މި މަޝްރޫޢަކީ ސަރުކާރުން 28.8 މިލިއަން ރުފިޔާގެ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން