ބެންކް އޮފް މޯލްޑިވްސްއިން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ފޮނުވޭ މިންވަރު އަނެއްކާވެސް މަދުކޮށް ލިމިޓް ކޮށްފިއެވެ.
ބީއެމްއެލުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓިއުޝަން ފީ އާއި ލިވިން އެލަވަންސަށް ވާ ޑޮލަރު ދޫކުރާނީ ހަމައެކަނި އޭ ލެވަލުން މަތީގެ ޓާޝަރީ ފުލްޓައިމް ދަރިވަރުންނަށާއި، އޭވިއޭޝަން، ލޯ އަދި މެޑިސިން ފަދަ ޕްރޮފެޝަނަލް ދާއިރާތަކުގެ ދަރިވަރުންނަށް ކަމަށެވެ.
ބެންކުން ބުނަނީ މިއީ އެމްއެމްއޭއިން ބޭންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ އަދަދު މަދުކުރުމާ ގުޅިގެން އަޅަންޖެހުނު ފިޔަވަޅެއްކަމަށެވެ.
ނަމަވެސް އެމްއެމްއޭއިން ބުނެފައިވަނީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް މިހާރުވެސް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއިން ޑޮލަރު ފޯރުކޮށްދެމުންދާކަމަށެވެ. އަދި ވަކިވަކި ބޭންކުތަކުން ބޭނުންވާނަމަ އެ ބޭންކުތަކުގެ ކަސްޓަމަރުންނަށް ޑޮލަރު ފޯރުކޮށްދިނުމުގެ ފުރުސަތު އެ ބޭންކުތަކަށް އަބަދުވެސް އޮންނާނެކަމަށްވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
ދިވެހި ގައުމީ ބޭންކުން އައު އަހަރާއެކު ދިވެހި ދަރިވަރުންނަށް ދިނީ ވަރަށް ރަނގަޅު ހަދިޔާއެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ބޭންކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
މީގެއިތުރުން ބޭންކުން ދޫކޮށްފައިވާ ކާޑުތަކުން ބޭރުފައިސާގެ މުއާމަލާތް ކުރެވޭ މިންވަރު ކޮވިޑާއި ގުޅިގެން ކަމަށް ބުނެ ލިމިޓް ކޮށްފައިވާއިރު ރާއްޖޭގެ އިގުތިޞާދީ ހާލަތު ކޮވިޑްގެ ކުރިން އޮތް ހާލަތަށް ކުރިއަރާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ބޭންކުން މި ލިމިޓްކުރި ކުރުމަށް ކުޑަވެސް ލުޔެއް ނުދޭކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު