ތިލަފުށީގައި ހުންނަ އެމްޓީސީސީ ބޯޓްޔާޑުގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިއްޖެއެވެ.

އެމްޓިސީސީން ބުނީ ކުއްލި ހާލަތުގައި ކުންފުނީގެ ސަލާމަތީ އަދި ތައްޔާރީ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ތިލަފުށި ބޯޓްޔާޑުގައި މިއަދު މެންދުރު 12:00 އިން އިރުއޮއްސި 6:00 އަށް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ޑްރިލްގައި އެމްޓީސީސީގެ ބޯޓް ޔާޑު އެއްކޮށް އިވެލުއޭޓް ކުރާނެކަމަށާއި އެގޮތުން އެވަގުތު ބޯޓް ޔާޑުގައި ތިބި ހުރިހާ މުވައްޒަފުން އެތަނުން ނެރެ، ރައްކާތެރި ހިސާބަކަށް ގެންގޮސް، ބޯޓް ޔާޑު ހުސްކުރެވިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

ބޯޓު ޔާޑަކީ ތިލަފުށީގައި ހުންނަ ތަނަކަށްވުމާއެކު ޑްރިލް ކުރިއަށްދާއިރު،.އެތަނުގައި މަސައްކަތް ކުރާ އެހެން ފަރާތްތަކުންނާއި އެތަނަށް ޒިޔާރަތް ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އިމަޖެންސީ އެކްސަސައިޒް ކުރިއަށްދާއިރު ދުމުގެ އަސަރު މާގަދައަށް ކުރާނަމަ ދޮރުތައް ލައްޕާ، ރަނގަޅަށް ބަންދުކޮށް، ލޮލާއި އަނގަ، އަދި ނޭފަތް ރަނގަޅަށް ބަންދުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީން ވަނީ މިކަމުގެ ސަބަބުން އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން