އަހުމަދު މަސްނޫމް   11 ޖެނުއަރީ 2023 - 19:43
އެމްޑީޕީގެ ޕްރައިމަރީ އިންތިހާބުގެ ވާދަކުރައްވާ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރަކާތްތަކެއް މިއަދު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ސާލީހުގެ ކެމްޕެއިން ޓީމުން ބުނީ ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ ހުޅުމާލެ ޑޯޓުޑޯ ހަރަކާތްތަކެއް މިއަދު ހަވީރު ހުޅުމާލޭގައި ކުރިއަށްދާނެކަމަށެވެ.

ހުޅުމާލޭގައި ކުރިއަށްދާ ހަރަކާތްތައް ފަށާނީ މިއަދު ހަވީރު 3:30 ގައި ހުޅުމާލެގައި ހުންނަ "އެމްޕީ ނިޔާގެ އޮފީސް" ހުންނަ ސަރަހައްދުންކަމަށްވެސް ރައީސް ސާލިހުގެ ކެމްޕެއިން ޓީމުން މައުލޫމާތުދެއެވެ.



ރައީސް ސާލިހު ރޭ ވަނީ އެމްޑީޕީގެ މާލެ ދާއިރާގެ މެމްބަރުންނާއިވެސް ބައްދަލުކުރައްވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ރައީސް ސާލިހުގެ އިތުރުން ރައީސް ނަޝީދުވެސް ގެންދަވަނީ ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން