ލޯބިވާ މީހާއަށްވުރެ ރައްޔިތުންނަށް ހެޔޮ ބަދަލު ގެނެސްދޭ މީހާ މުހިންމުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިއަދު ވިދާޅުވީ، ގައުމާއި ރައްޔިތުންނަށް ގެނެވޭ ހެޔޮ ބަދަލު ދަމަހައްޓަން ޖެހޭކަމަށެވެ. އަދި އެ ތަރައްގީ ހާސިލުކޮށް ކުރިމަގު އުޖާލާ ކުރަންޖެހޭ ކަމަށާއި އެކަން އެމަގުން ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިތުރު ދައުރެއް ދިނުމަކީ ލާޒިމު ކަމެއްކަމަށް ނިހާދު ވިދާޅުވި އެވެ.

އަދި ރައީސް ނަޝީދަށް ތާއީދު ނުކުރަން ނިންމި ސަބަބު ނުސީދާގޮތެއްގައި ހާމަކުރަށްވަމުން ނިހާދު ވިދާޅުވީ، ލޯބިވާ މީހާއަށްވުރެ ގައުމާއި ރައްޔިތުންނަށް ހެޔޮ ބަދަލު ގެނެސްދޭ މީހާ މުހިންމު ވާނެކަމަށެވެ.



ނިހާދު މިފަދައިން ވިދާޅުވެފައި މިވަނީ އޭނާއަކީ ވެސް ރައީސް ނަޝީދު އަތުގައި ހިފައިގެން ކެމްޕޭން ކޮށްދީގެން މަޖިލިސް މެންބަރުކަމަށް ވަޑައިގެން ބޭފުޅެއްކަމަށާއި ނަމަވެސް އެ ދުވަސް މިހާރު ހަނދާން ނެތިފައިވާކަމަށް އެމްޑީޕީގައި ހިމެނޭ ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުން ބުނަމުން ދަނިކޮށެވެ. އަދި އެ ފާޑުކިޔުންތަކާއިއެކު ޕްރައިމަރީގައި ނަޝީދުގެ ފަޅިއަށް ނިހާދު އަރުއްވަން ނިންމެވި ވާހަކަތަކެއްވެސް ފެތުރުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން