މާލޭގައި ހުންނަ އިވްނިންގ ކެފޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، އެ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާތީ ކައިރި އިމާރާތްތަކުން ހުސްކުރި މީހުން އެނބުރި އިމާރާތްތަކަށް ވަނުމުގެ ހުއްދަ ދީފައިވާކަމަށެވެ.

މިރޭ ހިނގި މި ހާދިސާގައި އެ ކެފޭއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މިއަދު އިރުއޮއްސި 18:12 ގައެވެ.

ހާދިސާ ހިނގި ސަރަހައްދަށް ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމް ދެންމެ ވަނީ ޒިޔާރަތް ކުރައްވާފައެވެ. ނާއިބު ރައީސް ވަނީ ހާދިސާ ހިނގި ސަރަހައްދު ބައްލަވާލައްވާފައެވެ.

މާލޭގައި އިތުރު އަލިފާނުގެ ހާދިސާއެއް ހިނގާފައި މިވަނީ މީގެ ތިން ދުވަސްކުރިން ނީލަންފިހާރައިގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނިކޮށެވެ. އެ ހާދިސާގައި އެތަންވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން