ސަރުކާރުގެ އަމާޒަކީ ކުދިންނަށް ކިޔަވައިދިނުމުގައި އެއްވެސް އަތޮޅެއް، ރަށެއް އަދި އެއްވެސް ދަރިވަރެއް ބާކީ ނުކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އައްޑޫސިޓީގެ ފެދޫ ސްކޫލަށް 50 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ފޭދޫ ސްކޫލުގެ ތާރީޚްގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި އެމަނިކުފާނު ވަނީ ފޭދޫ އައު ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފެށުމުގެ އިންތިޒާމުތައް ވީއެންމެ އަވަހަކަށް ހަމަޖައްސައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސް ވިދާޅުވީ ނިމިގެންދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތައް ހުންނާނެކަމަށެވެ. އެއީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ޙާޞިލުކުރެވުނު ވަރަށް ތާރީޚީ ކާމިޔާބެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު ވަނީ މިދިޔަ އަހަރާ ޖެހެންދެން ވ. އަތޮޅުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލެއް ނެތްކަން ފާހަގަކުރައްވައި އެ އަތޮޅުގައި މުޅިން އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފެށީ މި ސަރުކާރުންކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ތައުލިމީ ދާއިރާ އަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް އެންމެބޮޑު އިސްކަމެއް ދޭނީ ދަރިންނަށް ކިޔަވައިދީގެން، މުޅި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒިންމާދާރުކަމާއެކު އަމިއްލައަށް ދިރިއުޅުން ބިނާކުރާ ޤަދަރުވެރި ބަޔަކަށް ޒުވާނުން ހެދޭނީ، އެންމެ ރަނގަޅު ޒަމާނީ ތަޢުލީމާއި ތަމްރީނު ޒުވާނުންނަށް ދީގެން ކަމަށެެވެ. ރައީސްގެ ވާހަކަފުޅުގައި ދަރިންނަށް ތަޢުލީމުދިނުމާއި މުޅި ރާއްޖޭގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންގެންދާ މުހިންމު މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.
އެގޮތުން ސަރުކާރުން ފަހިކޮށްދެއްވާފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނަށް ނަގަމުން އައި އިދާރީ ފީ ކުޑަކުރުމާއި އަދި ލޯނު ދައްކަންޖެހޭ މުއްދަތު، 25 އިންސައްތަ އިތުރުކޮށްދިނުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމުގެ ޤާނޫނެއް އެކުލަވާލައި 2021 ވަނަ އަހަރު ތަންފީޒުކުރަން ފެށުމާއި ބައެއް ސްކޫލުތަކަށް ސެޓެލައިޓް ސްކޫލް ނިޒާމު ތަޢާރަފު ކުރުމާއި ޕްރިންސިޕަލުންނާއި ޑެޕިޔުޓީ ޕްރިންސިޕަލުންނާއި ޓީޗަރުން، އަދި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ މުސާރައަށް ގެނެސްދިން ހެޔޮބަދަލާއި އަދި ތަޢުލީމީ ދާއިރާގެ އެހެނިހެން މުވައްޒަފުންނަށް، އަސާސީ މުސާރައިގެ 35 އިންސައްތަ، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި ހަމަޖައްސައިދިނުންފަދަ އަދި މީގެ އިތުރުން ޓީޗަރުންނާއި ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވާލި ފުރުޞަތުތައް ފަދަ ތަޢުލީމީ ދާއިރާއަށް ސަރުކާރުން ގެނެސްދެއްވާފައިވާ ކުރިއެރުންތަކަށް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި ޖަލްސާގައި ރައީސް ވަނީ ފޭދޫ ސްކޫލުގެ މުވައްޒަފުންގެ ތެރެއިން މެދުނުކެނޑި 15 އަހަރު ޚިދުމަތުގައި ދެމިތިބި މުވައްޒަފުންނަށް ރަންޔޫބީލްގެ ފިލާ ހަވާލުކޮށްދެއްވާފައެވެ.

President @ibusolih attended the special ceremony to celebrate the golden jubilee of Feydhoo School in Addu City. pic.twitter.com/jVYfArloho
— The President's Office (@presidencymv) January 13, 2023

ކިޔުންތެރިންގެ ހިޔާލު