ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް އިއްޔެ ވަޑައިގެންނެވި ވަގުތު، އެމްޑީޕީގައި އޮންނަ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން އެ ސަރަހައްދުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރިކަމުގެ ތުހުމަތު ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނިހާދު ކުރައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިއަދު ރައީސް ޞާލިޙް އައްޑުއަށް ވަޑައިގެންނެވި ވަގުތު އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންތަކެއް ވަނީ އެ ސަރަހައްދުގައި އިހުތިޖާޖު ކުރަން މަސައްކަތް ކޮށްފައެވެ. ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ ފެށި އެ އިހުތިޖާޖު ފުލުހުންވަނީ އިރުކޮޅެއް ނުވަނީސް ރޫޅާލާފައެވެ. އެއްވުން ރޫޅާލުމުގައި ޕެޕަރ ސްޕްރޭވެސް ފުލުހުންވަނީ ބޭނުން ކޮށްފައެވެ.

އެކަމާއި ގުޅުވައި ނިހާދު މިއަދު ވިދާޅުވީ، ރައީސް ނަޝީދަށް ތާއީދު ނުކުރާތީ މަގުމަތިން ފޮށުމާއި ބިރު ދެއްކުން ދަނީ އިތުރުވަމުން ކަމަށެވެ. އަދި އިދިކޮޅު ޕީޕީއެމް މީހުންނަށްވުރެ ވެސް އެމީހުންގެ ކަންތައް ގޯސްވުމަކީ ދެރަކަމެއް ކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ، ރައީސް ޞާލިޙް ވަޑައިގަންނަވާ ރަށްރަށުގައި، ޕީޕީއެމަށް ހިތްވަރު ދީގެން މަސްލަހަތު ނަގާލަން މަސައްކަތް ކުރާކަމުގެ ހެކި މިއަދު ފެނުނު ކަމަށާއި އެއީ ވަރަށް ލަދުވެތި ކަމެއްކަމަށެވެ.



ނިހާދު މިފަދައިން ވިދާޅުވެ، ނަޝީދު ފެކްޝަނަށް މިކަމުގެ ތުހުމަތު އަމާޒު ކުރެއްވި ނަމަވެސް ނިހާދުގެ އެ ބަހަށް ބާރުލިބޭގޮތަށް ރައީސް ޞާލިޙް ވަޑައިގެންނެވިވަގުތު އެ ސަރަހައްދުގައި ހިނގާދިޔައީ ކޮންކަމެއްކަމެއް ވިދާޅެއް ނުވެއެވެ.

ރައީސް ޞާލިޙް ޕްރައިމަރީގެ ކެމްޕޭންގައި އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގަންނަވާއިރު ގިނަ ރަށްރަށުގައި ބަނދަރު ސަރަހައްދުގައި ޕީޕީއެމްގެ ސަޕޯޓަރުން ދަނީ ރައީސް ޔާމީން ދޫކޮށްލުމަށާއި ރައީސް ޞާލިޙްގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން