ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިދޭން މަސައްކަތްކުރުމުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުފަދަ ވެރިއެއް ނެތްކަމަށް ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރެއްވި ކާމިޔާބު ކެމްޕެއިން ދަތުރުފުޅަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ސާލިހު އައްޑު ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ.

ރައީސް ސާލިހުގެ އަރިހުގައި ޝާހިދުވެސް އައްޑޫ ސިޓީއަށް ވަޑައިގެންނެވިއެވެ. ޝާހިދު ވިދާޅުވީ ރައްޔިތުންނަށް އޯގާތެރިކަމާއި އަޅާލުމާއެކު، ރައްޔިތުން ބޭނުންވާ ކަންކަން ތަފާތުކުރުމެއް ނެތި ރައީސް ސާލިހު ކޮށްދެއްވާއިރު، އެފަދަ ދެވަނަ ވެރިއެއް ނެތްކަމަށެވެ.



އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު ރައީސް ސާލިހު އާއި ރައީސް ނަޝީދު ގެންދަވަނީ ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ. އަދި ދެ ބޭފުޅުންވެސް ގެންދަވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައްވެސް ދެއްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން