އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދީގެން ވެރިކަން ލިބޭނެ މަގެއް ފެންނާކަށް ނެތްކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު، ރާޑޯ ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި އާއްމުކުރެއްވި ޕޯސްޓެއްގައި ރާޝިދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭން އޭނާ ތާއީދުކުރައްވަނީ ރައީސް ސާލީހަށްކަމަށާއި އޭނާ ރައީސް ސާލިހާއެކު ހުރީ އެއީ ޤައުމަށާއި ރައްޔަތުންނަށް މިވަގުތު އެންމެ ފައިދާ ބޮޑު ގޮތްކަމަށްވާތީކަމަށެވެ.

ޕާރޓީ މީހުން ނިކުމެ ޤައުމުގެ ރައީސްކަން ދިނިން، މަޖްލިސްގެ ރައީސްކަން ދީފިން، ޕާރޓީގެ ރައީސްކަން ދީފިން، ޕާރޓީ މެމްބަރުން އުޅެންޖެހުނީ އެހާލަތުގަވެސް މަގުމަތީގައި ވެރިކަން ހިމާޔަތްކޮށް ދަމަހައްޓާ އެކަކު އަނެކަކާ ތޮޅެން." ރާޝިދު ވިދާޅުވިއެވެ.

ރާޝިދު ވިދާޅުވީ ވެރި މީހާ ގޮތް ދޫނުކޮށް، އެންމެ ގަދަ މީހާއަށް ވާން އުޅުނީމާ ކޮންމެ ފަހަރަކު ވެރިކަން ގެއްލި ނޫނީ ވެރިކަން ނުލިބި މެމްބަރުން ވަނީ މަގުމަތިކަމަށެވެ.

ރާޝިދު ވިދާޅުވީ 5 އަހަަރުގެ ވެރިކަމެއް ކުރެއްވި ރައީސް ސާލިހާއެކު ތިއްބެވި މަޖިލިސް މެމްބަރުންނަކީ ރިޝްވަތު ނަގައިގެން ތިބި މެމްބަރުންކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ލަދުވެތިވެ، ހިތާމަ ކުރަށްވާކަމަށެވެ. އަދި ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ދީގެން ވެރިކަން ލިބޭނެ މަގެއް ފެންނާކަށް ނެތްކަމަށާއި އެމަނިކުފާނަށް ޓިކެޓް ދީގެން އަނެއްކާ މަގުމަތި ނުވެ ތިބެވޭނެ ކަމުގެ ޔަގީންކަމެއްވެސް ނެތްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން