ށ. ފޯކައިދޫ ސްކޫލުގެ ޓީޗަރަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ފޯކައިދޫން އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ 2 މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކީ ފޯކައިދޫ ސްކޫލްގެ ޕްރައިމަރީ ޓީޗަރެކެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ފޯކައިދޫ ޓީޗަރަކު ހައްޔަރުކޮށްފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން މިކަމާއި ގުޅޭގޮތުން އެއްޗެއް އަދި ނުބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން