ރިޔާސީ ޕްރައިމަރީ ކާމިޔާބު ވެއްޖެނަމަ ރިޔާސީ އިންތިޚާބުގަައި ދެވަނަ ބުރަކަށް ދާން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ މީދޫގައި އެމްޑީޕީ މެންބަރުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރިިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީ ޕްރައިމަރީގައި އެމަނިކުފާނަށް ކާމިޔާބުވެއްޖެ ނަމަ ދެ ވަނަ ބުރަކަށް ދާން ނުޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީ ބޮޑުތަނުން ނަގާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ވަނީ ތަކުރާރުކުރަށްވާފައެވެ.

"ސަރުކާރެއް އެއްބުރުން އެކުލަވާލެވޭ ވަރުގެ ނަތީޖާއެއް ކާމިޔާބު ކުރެވޭނެ ފޯމިއުލާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެބައޮތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ޕްރައިމަރީގައި ގޮތެއް ނިންމާއިރު ރިޔާސީ އިންތިހާބާ ދޭތެރޭ ފުންކޮށް ވިސްނުމަށް އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"މި އިންތިހާބު ގެއްލިއްޖެނަމަ ދެން އަނބުރާ ވެރިކަމަށް އައުމަށް ނަގާނީ ކިހާ ދުވަހެއް ކަމެއް ނޭނގޭ." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ތަރައްގީއަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަ ހުރިކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދެވޭނީ ވެރިކަމަށް އާދެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށް އޮތް ފޯމިއުލާއަކީ ކޯލިޝަން ހެދުން ކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން