މި ސަރުކާރުގެ ނިމުނު ކަންކަމުގެ ލިސްޓް މާ ދިގު ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ މުހައްމަދު ނަޝީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްދު ދެއްވައިފިއެވެ.

ރައީސް ޞާލިހު ނަޝީދަށް ރައްދު ދެއްވީ މި ސަރުކާރުގެ ޝިއާރަކީ ތަރައްގީ "އަންނަނީ، އަންނަނީ" ކަމަށް ވިދާޅުވެ ކެމްޕޭން ޖަލްސާއެއްގައި ނަޝީދު ސަރުކާރަށް ފާޑުވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރަށްވަމުންނެވެ.

އައްޑޫ މީދޫގައި މިއަދު ބޭއްވި ކެމްޕެއިނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އައްޑޫއަށް އެކަނި ނަޒަރު ހިންގާލުމުން ވެސް ކަންކަން ނިމިފައިވާ މަންޒަރު ފެންނަން އެބަހުރި ކަމަށެެވެ.

މީދޫ ދާއިރާގެ، ހުޅުމީދޫއަށް ބެލިނަމަވެސް ވިދާޅުވާން އޮތް އެއްޗަކީ ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެއޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްހީ މަރުކަޒާއި ބަނދަރާއި ފުޓްސަލް ދަނޑާއި ހުޅުމީދޫ ބޮޑުމަގާއި އިޖުތިމާއީ މަރުކަޒު ޓެންޑާ ކުރެވިފައިވާ ކަމަށެމް ރައީސް ވިދާޅުވިއެވެ. އަދި ދަނޑުތައް ވެސް ނިމިއްޖެ ކަމަށާއި "ނިމިއްޖެ" ކިޔާފައި ކިޔަން އޮތް ލިސްޓު މާ ދިގު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެެެވެ.

"ނިމިއްޖެ ނިމިއްޖެ ކިޔަން ވެއްޖެއްޔާ ދިގު ލިސްޓަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ މި ހިނގާ ރިޔާސީ ދައުރުގައި މިހާތަނަށް ރާއްޖޭގައި އިންތިހާއަށް ގިނަ ތަރައްގީގެ މަސައްކަތްތައް ފަށާފަައިވާ ކަމަށެެވެ. އަދި އޭގެތެރެއިން ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން