ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ، އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު އަންނަ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިއްމާފައެެވެ.

އަދާލަތު ޕާޓީއަކީ އެމްޑީޕީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވަމުން ގެންދަވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނަކުން ކަމަށެވެ. އަދާލަތު ޕާޓީގެ ރައީސް، އިމްރާން އަބުދު ﷲ ވިދާޅުވީ މާތްﷲ ގެ އިރާދަފުޅާއިއެކު މި އިންތިހާބުވެސް ކާމިޔާބު ކުރާނީ، އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ދިމާކޮށް އިމްރާން ފަހަކަށް އައިސް ގެންދަވަނީ ގިނަ ޓުވީޓްތަކެއް ކުރައްވަމުންނެެވެ. އެގޮތުން އެމްޑީޕީގެ ޕްރައިމަރީއަކީ ގައުމުގެ މަސްލަހަތާއި ގުޅިފައިވާ ކަމެއް ކަމަށްވެސް އިމްރާން ވިދާޅުވެފައިވެއެވެ. އަދި ގިނަ ޕާޓީތައް ގޮވައިގެން މަސައްކަތް ކުރެވޭނެ ބޭފުޅަކަށް ނޫނީ ރާއްޖޭގެ ވެރިކަން ކުރަން ފަސޭހަނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން