ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ހަމަޖައްސައިފިއެވެ.

އިސްތިއުނާފު މަޖިލީހަށް ފައިސަލް ހަމަޖައްސާފައިވާއިރު މިހާރު އެމަޖިލީހުގައި ތިއްބަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ޑްރަގް ކޯޓުގެ ގާޒީ މުހުތާޒު ފަހުމީއެވެ. އެ މަޖިލީހުގައި ހައިކޯޓުން އެންމެ ފަހުން އިންނެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

ފަނޑިޔާރުންގެ މަޖިލީހަކީ ސްޕީރިއަރ ކޯޓުތައް ހިމެނޭހެން އެކުލަވާލާފައި އޮންނަ މަޖިލީހެކެވެ. އެ މަޖިލީހުގެ މައިގަނޑު ބޭނުމަކީ، ޖޭއެސްސީން ފަނޑިޔާރެއްގެ މައްސަލައެއް ބަލާ ނިންމުމަށްފަހު ގޮތް ނިންމުމުން އެކަން ކޯޓަށް ހުށަނޭޅޭނެކަމަށް ގާނޫނުގައި އޮންނާތީ އެފަދަ ކަންކަން ދެން ހުށަހެޅުމަށް އޮންނަ މަޖިލީހެކެވެ.

އެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައިކޯޓުގެ ފަނޑިޔާރަކާއި އަދި ސްޕީރިއަރ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ ފަނޑިޔާރަކު އިންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން