އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ތާއީދު ހޯއްދެވުމަން އައްޑޫ ސިޓީގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ މާލެ ވަޑައިގެންފިއެވެ.

މިމަހުގެ 13 ވަނަ ދުވަހު ރައީސް އައްޑުއަށް ފެއްޓެވި ދަތުރުފުޅުގައި އެ ސިޓީގެ ރަށްރަށުގައި އުޅުއްވާ އެމްޑީޕީގެ މެންބަރުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. އޭގެ އިތުރުން ކެމްޕޭން ޖަލްސާތައް ވެސް ވަނީ ބާއްވަވާފައެވެ.

އަދި ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތާއި 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރޭނިން ކޯހުގެ ދަސްވެނިވުމުގެ ހަފްލާގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރައީސްވަނީ އައްޑޫ ސިޓީއަކީ ސަރުކާރަށް މުހިންމު ސިޓީއެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން، ދެން އުފެދޭ އެމަނިކުފާނުގެ ސަރުކާރެއްގައި އައްޑޫގެ ހިއްސާ ބޮޑުވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން