ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ ލުއިފަސޭހަ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ފަށައިފިއެވެ.

އެމްއެމްއޭއިން މި މަސައްކަތް ފަށާފައި މިވަނީ ވިޔަފާރިވެރިންނަށް މިހާރަށްވުރެ ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށާއި، ބޭރުގައި ކިޔަވަންތިބޭ ދަރިވަރުންނަށް ފައިސާ ފޮނުވުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އެދިވަޑައިގެންފައިވަނިކޮށެވެ.

ބީއެމްއެލަށް، 40 އަހަރު ފުރުމުގެ މުނާޞަބަތުގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސް މިކަމަށް އެދިވަޑައިގަތީ ބީއެމްއެލުން ދަރިވަރުންނަށް ޑޮލަރު ދޫކުރުން ލިމިޓްކޮށް ގިންތިކުރުމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ފައިސާ ފޮނުވުން ނުވަތަ ޓީޓީ ހެދުމުގެ އުސޫލު މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިވެހިންގެ ބޭންކުން ވަނީ ހަރުކަށިކޮށްފައެވެ.

އެމްއެމްއޭއިން ބުނީ، މިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިގެނެވޭ ބަދަލުގެ ސަބަބުން އެއްއެމްއޭއިން ބޭންކްތައް މެދުވެރިކޮށް އާއްމުންނަށް ފޯރުކޮށްދެމުންދާ ޑޮލަރު ދިނުމުގައި އަމަލު ކުރަންޖެހޭނެ އުސޫލަށް އިސްލާހުތަކެއް ގެނެވި އަދި ލުއިފަސޭހަ ގޮތަކަށް ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން