ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކެމްބޯޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު އެ ގައުމުގެ ރަސްގެފާނު، ނޮރޮޑޮމް ސިހަމޮނީ އަރުވައިފިއެވެ.

ކެންބޯޑިއާގެ ރަސްގެފާނުގެ މި ދައުވަތު ރައީސް ސާލިހަށް އެރުވީ ރާއްޖެއަށް 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ކެމްބޯޑިއާގެ ބޮޑުވަޒީރު ހުންސެންއެވެ.

ކެންބޯޑިއާގެ ރަސްގެފާނުގެ ދައުވަތުގައި އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އިތުރުން، އަންނަ މޭމަހު އެ ގައުމުގައި ފަށާ އޭޝިއަން ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތުވެސް ވަނީ ދެއްވާފައެވެ.

ރާއްޖެއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު ކެމްބޯޑިއާގެ ބޮޑުވަޒީރު ފުރާވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި މުހިއްމު 6 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން