އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންއަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހއ. އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސް ސާލިހު މި ދަތުރުފުޅު ހޯރަފުށި، ކެލާ، އިހަވަންދޫ އަދި ދިއްދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ހއ.ހޯރަފުއްޓަށެވެ. ހޯރަފުއްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.



ރައީސް ސާލިހު ހއ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު އަރިހުގައި އެމަނިކުފާނުގެ ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނަވައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މި ޕްރައިމަރީގައި ރައީސް ސާލިހުގެ އިތުރުން ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން