އައްޑޫ ސިޓީން ގޯތި ދޫކުރަން އަންނަ ހަފްތާގައި ހުޅުވާލުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީން ގޯތި ދޫކުރުމަށް ނިންމާފައި މިވަނީ އެ ސިޓީން ގޯތި ދޫނުކުރާތާ އެތައް އަހަރުތަކަކަށްފަހުއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީން ގޯތި ދޫކުރުމަށް މިހަފްތާގެ ތެރޭގައި ހުޅުވާލާނެކަމަށެވެ.

33000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގެ 4 ރަށަކުން ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އެއީ ހިތަދޫ، ހުޅުދޫ، މީދޫ އަދި ފޭދޫއިންނެވެ.

މި ހަތަރު ރަށުން 1000 އާއި ގާތްކުރާ އަދަދަކަށް ގޯތި ދޫކުރުމަށް ނިންމާފައިވާއިރު ހުޅުދޫއާއި މީދޫއިން ކޮންމެ ރަށަކުން 100 ގޯތި، ފޭދޫއިން 350 ގޯތި، ހިތަދޫން 300 އާއި 400 ދެމެދުގެ ޢަދަދަކަށް ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

4 ރަށުންވެސް ގޯތިދޫކުރުމަށް ހަމަޖެހިފައިވަނީ އެރަށްތަކުގެ މިހާރުވެސް އޮތް ހުސްބިންތަކުންކަމަށްވެސް ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު އެ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތްވެސް މިހާރު ފަށައިގެން ދަނީ ކުރިއަށެވެ.

ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫއާއި މަރަދޫފޭދޫއިން 194 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން