2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުމަށްފަހު ކުރިމަތި ބިރުވެރިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ފޯރިގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

ޝައުނާ މިއަދު ވިދާޅުވީ ‏2012 އިން 2018 އަށް ހިނގާދިޔަ އަނިޔާވެރިކަމާއި ބިރުވެރިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށެވެ.



ޝައުނާ ވިދާޅުވީ މިސަރުކާރު ގެނެވުނީ އެތައް ބައެއްގެ މިންނެތް މަސައްކަތުންކަމަށެވެ. އަދި ސަރުކާރާއި، ތަންފީޒުކުރެވޭ ތަރައްޤީގެ ތަޞައްވުރާއި ދެމެހެއްޓެނިވި ބަދަލު ކަށަވަރު ކުރެވޭނީ އެމްޑީޕީ ހުއްޓިނުތިބެ، ކުރިއަށް ގޮސްގެންކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ޝައުނާ ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވަނީ ރައީސް ސާލިހަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން