އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޝްހޫރު ވިޔަފާވެރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ، އުއްޗުއާއި ބައްދަލުކުރައްވައިފި އެވެ.

ނަޝީދު މަޝްހޫރު ވިޔަފާވެރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާއާއި ބައްދަލުކުރެއްވީ ކުރެއްދޫ ރިސޯޓުގައެވެ. ނަޝީދު އުއްޗު އާއި ބައްދަލުކުރެއްވުމަށް ކުރެއްދޫ ރިސޯޓަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ނަޝީދު ކުރެއްދޫއަށް ވަޑައިގެން އުއްޗު ދެއްވި ހާއްސަ ސައިފޮދެއްގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އުއްޗުގެ ބައެއް މުވައްޒަފުންނާ ވެސް ނަޝީދު ވަނީ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އުއްޗު ވަނީ އޭނާ އާއި ބެހޭ ގޮތުން މެލޭޝިއާގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރަކު ލިޔުއްވި ފޮތެއް ވެސް ނަޝީދަށް ވެދުމަށް އަރުވާފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ވިޔަފާރި އުފެެއްދުމުގެ އެއް ބާނީ ޗަމްޕާ މުހައްމަދު މޫސާ، އުއްޗުއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެެވެ.

ރިސޯޓް ވިޔަފާރީގެ އިތުރުން ރާއްޖޭގެ ތަރައްގީގެ ވަރަށް ގިނަ އެހެން އިންވެސްޓްމަންޓްތައް ކުރެއްވުމުގައި އުއްޗުގެ ދައުރު ބޮޑެވެ. އުއްޗުގެ އާއިލީ ވިޔަފާރި ހިއްސާވާ މުހިންމު ވިޔަފާރިތަކުގެ ތެރޭގައި ޓޫރިޒަމް ވިޔަފާރީގެ އިތުރުން ޓްރީޓޮޕްް ހޮސްޕިޓަލާއި މަޑިވަރު އެއާޕޯޓް ވެސް ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން