އިންޑިއާގެ ވިޒިޓިން ޑޮކްޓަރުންނާއި ސައިކޭޓްރިސްޓުން މެދުވެރިކޮށް ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ނައިބު ރައީސް ފައިޞަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެެވެ.

މި ބައްދަލުކުރެއްވުމުގައި ނާއިބް ރައީސް ފައިސަލް ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ފައިސަލް ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޑިއާ ސަފީރު ވަނީ ރާއްޖޭގައި ޑްރަގް ޑިޓޮކްސިފިކޭޝަން އަދި ރީހެބިލިޓޭޝަން ސެންޓަރުތައް ޤާއިމްކުރުމާއި ގުޅޭގޮތުންނާއި، އިންޑިއާގެ ވިޒިޓިން ޑޮކްޓަރުންނާއި ސައިކޭޓްރިސްޓުން މެދުވެރިކޮށް ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ދެބޭފުޅުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމާއި، ވޮކޭޝަނަލް ޓްރެއިނިންގގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ވަނީ އިންޑިއާގެ ސްޓާޓް އަޕް އިންކިއުބޭޓަރސް މެދުވެރިކޮށް ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ ތަމްރީނުތައް ދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖެއަށް ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން