އއ. ރަސްދޫ އާއި ރ. ވާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އއ. ރަސްދޫ އާއި ރ. ވާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެެވެ. މި މަޝްރޫއުގެ ދަށުން ވާދޫގެ އިރު ދެކުނު ފަރާތު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 55 މީޓަރުގެ ބޮޑުހިލައިގެ ވައި ގްރޮއިން ގާއިމުކުރުމާއި އެ ސަރަހައްދު ގޮނޑުދޮށް ވެލިން މުއްސަނދި ކުރަން ވަނީ ނިންމާފައެެވެ.

ސަރުކާރުން މި މަސައްކަތް އެމްޓިސީސީއާ ހަވާލުކޮށްފައިވަނީ ޖުމްލަ 14.5 މިލިއަން ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށެެވެ.

މީގެ އިތުރުން ރަސްދޫ ބޭރު ތޮށި ޖަހައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 104،000 ކިއުބިކް މީޓަރުގެ ލޭންޑް ފިލްޑް ބްރޭކްވޯޓާ ރިކްލެމޭޝަން ހެދުމާއި، 64 މީޓަރުގެ ބްރޭކްވޯޓާ އަދި 42 މީޓަރު ސަބްމާޖް ބްރޭކްވޯޓާ ގާއިމް ކުރުމާއި، 1،736 މީޓަރުގެ ރިވެޓްމެންޓުވެސް ޖަހާނެއެވެ. އަދި 224 މީޓަރު ގްރޮއިން ޖެހުމާއި، 97 މީޓަރު އެއްގަމު ތޮށި ޖަހައި ހަތަރު ނެވިގޭޝަން ލައިޓް ހަރުކުރުމުގެ އިތުރުން 10 މަގު ބައްތި ހަރުކޮށް، 450 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށް ވަނީ ނިންމާފައެވެ.

ރަސްދޫ ބަނދަރު ބޭރުތޮށި ޖެހުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 86.8 މިލިޔަނަށް ރުފިޔާ ޚަރަދު ކޮށްގެން ހިންގާ މަޝްރޫއެކެެވެ. މިމަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ 1 އަހަރުދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން