މުސްކުޅިންނަށް 2000 ރުފިޔާގެ އެލަވަންސެއް ދޭން ފެށީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހެއުފުޅުކަމުން ނޫން ކަމަަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ މުސްކުޅިންނަށް 2000 ރުފިޔާގެ ޕެންޝަން ފައިސާ ދޭން ފެށީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ވެރިކަމުގައި ކަމަށެވެ. އެފައިސާ ދޭން ފެށީ މައުމޫންގެ ވެރިކަމުގައި މަޖިލީހަށް ހުށައެޅުނު ޕެންޝަން ބިލް މަޖިލީހުގެ ކޮމެޓީން ދިރާސާ ކުރުމަށްފަހު 2000ރ.ގެ އެލަވަންސެއް ދޭން ނިންމައި އެކޮމެޓީއަށް ހުށައެޅުނު އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވެ ގާނޫނަކަށްވުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.



"އެއީ މުހައްމަދު ނަޝީދުގެ ހެއުފުޅުކަމުން މުސްކުޅިންނަށް ދެއްވި އެއްޗެއް ނޫން، މުސްކުޅިންނަށް ޕެންޝަން ދޭން ފެށީ އެ ގާނޫނުގެ ދަށުން އެ ބިލް މަޖިލީހުން ފާސްވެ ގާނޫނަކަށްވެ އަމަލު ކުރަން ފެށުނީ 2019 ވަނަ އަހަރުގެ ކުރީ ކޮޅު." ޕެންޝަން ބިލް ދިރާސާ ކުރި ކޮމެޓީގެ މުގައްރިރު ކަން ކުރެެއްވި ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ ހާއްސަ މަޖިލީހުގެ މެމްބަރު ކަން ކުރެއްވި ޝަރީފް ވިދާޅުވީ، ޕެންޝަން ގާނޫނަށް އިސްލާހު ގެނެސް މަޖިލީހުން ފާސްކޮށް މުސްކުޅިންނަށް 5000 ރުފިޔާ ދޭން ފެށީ ރައީސް ސާލިޙުގެ ސަރުކާރުން ކަމަށެވެ.

"ޔާމިންގެ ސަރުކާރުގައި 5000 ރުފިޔާ މުސްކުޅިންނަށް ދިނީ ގާނޫނުން ބޭރުން،" ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން