ރިޔާސީ އިންތިހާބަށް އެކުލަވާލާ މެނިފެސްޓޯގައި ދިއްދޫގައި އެއާރޕޯޓެއް އެޅުމަށް ހިމެނިދާނެ ކަމަށް ވިދާޅުވެ އެ ރަށުގައި އެއާޕޯޓެއް އަޅސއިދޭނެ ކަމުގެ އުއްމީދު ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު މިރޭ ދެއްވައިފި އެވެ.

ރައީސް ސާލިޙު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ދިއްދޫއަށް ވަޑައިގެން އެެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ދިއްދޫގެ ބިން ބޮޑު ކުރުމުގެ ތެރެއިން، އެރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް މަޝްވަރާ ކުރިއަށްގެންދެވިދާނެ ކަމަށެވެ. ރައީސް ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ނުދެއްކޭނެ ވާހަކައެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު އެކުލަވާލާ މެނިފެސްޓޯގައި އެއާޕޯޓެއް އެޅުމަށް ހިމެނިދާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނާނަން، މި ޕްރައިމަރީއަށް ފަހުގައި، ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި މެނިފެސްޓޯއެއް އެކުލަވާލާނަން. ތިޔަ ބޭފުޅުންނާއި މަޝްވަރާ ކުރާނަން، އޭގައި މިރަށުގެ އެއާޕޯޓެއް ނުހިމަނަންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމާ މިދާއިރާގެ ތަރައްގީއަށް ތިބޭފުޅުން ތި އެދިވަޑައިގަންނަވާ މަގުން އަޅުގަނޑުމެން ދާނީ ކުރިއަށް."، ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެރަށުގައި މިހާރު އަޅަމުންގެންދާ 75 ހައުސިންގ ޔުނިޓްގެ ތެރެއަށް، 25 ހައުސިންގ ޔުނިޓް އިތުރު ކުރުމަށް ދާއިރާގެ މެންބަރު ވަހީދު ހުށަހެޅުއްވި ހުށައެޅުން ސަރުކާރުން ބަލައިގެންފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

ރައީސް ސާލިޙު ވިދާޅުވީ އެމްޑީޕީގެ މި ޕްރައިމަރީއަކީ ވަރަށް ގިނަ ގޮތްގޮތުން ހާއްސަ ޕްރައިމަރީއެއް ކަމަށެވެ. އެ ނިންމުން މިހާ މުހިންމު ވަނީ، އެނބުރި އަނިޔާވެެރިކަމުގެ ތެރެއަށް ނުދިއުމަށް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރުގެ ތެޜޭގައިވެސް ނުކުރެވިފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކޮވިޑާއެކު މި ހަތަރު އަހަރު ތެރޭގައި ކުރިއަށްދާ ކަމަށެވެ. އަދި މިއީ ހެކިވެ ފެންނަން ހުންނާނެ ކަންކަން ކަމަަށްވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން