މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ބިންހިއްކަން ފަށާފައިވާ ރަށްރަށުގެ ބިން ހިއްކައި ނިންމާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ ތެރެެއިން މިރޭ ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ބިން ހިއްކުމަށް ސަރުކާރުން ވައުދުވެފައިވާ ރަށްރަށުގެ ބިން ހިއްކާ މިދައުރުގެ ތެރޭގައި ނިންމާލާނެ ކަމަށެވެ. ބިން ހިއްކާ ރަށްރަށުގެ ބިން ހިއްކާ ނިންމުމަށްޓަކައި ބޭރުގެ ކުންފުންޏަކާއި އެކު ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވިސްނުމަކީ މި ހުރިހާ ރަށެއްގެ ބިން ހިއްކުން، ބިން ބޮޑުކުރުން ވަކި ބަޔަކާއި ހަވާލުކޮށް އެގްރިމެންޓެއްގައި ސޮއިކޮށް އެ މަސައްކަތް މިދައުރުގެ ތެރޭގައި ނިންމާލުން. އެގޮތުން ދިއްދޫ ވެސް އޭގެ ތެރޭގައި ހިމަނާނެ ވާހަކަ ދަންނަވާލަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އިހަވަންދޫ އާއި ކެލާ އާއި ބާރަށުގައި، ހޯރަފުށީ ދާއިރާގައި ކުރަންޖެހޭ މަސައްކަތްތައް އެބަހުރި ކަމަށެވެ. އެގޮތުން އިހަވަންދޫގެ މަގުހެދުމާއި މަސް ފެކްޓްރީ ގާއިމްކުރުމުގެ މަސައްކަތާއި ކެލާގެ މަގު ހެދުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން