ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މިހާރު ހުކުމް އިއްވާފައިވާ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތު ނުދައްކާ ވާހަކަތަކެއް އެދެމީހުން ދެއްކި ވާހަކަތަކެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ހުކުމުގައި ލިޔެފައިވާ ކަމަށް ރައީސް ޔާމިންގެ ވަކީލުން ތުހުމަތުކޮށްފިއެވެ.

މިތުހުމަތު ކުރަށްވާފައިވަނީ ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒެވެ. ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނޭ ޕޮއިންޓެއްގެ ސްކްރީން ޝޮޓަކާއެކު ވަކީލު އަބުދު ﷲ ޝިޔާޒް މިރޭ ވިދާޅުވީ ސެޕްޓެމްބަރ 06 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އަދީބު އަދި ޒިޔާތު ދެއްކިވާހަކައިގެ ރެކޯޑިންގ މިއަދުވެސް ޔޫޓިއުބް މެދުވެރިކޮށް އަޑުއައްސަވާ ލެއްވޭނެ ކަމަށެވެ. އަދި އަދީބާއި ޒިޔަތު މިވާހަކަ ދެއްކިތޯ، އަމިއްލައަށް ރެކޯޑިންގ އަޑުއައްސަވާލެއްވުމަށް ޝިޔާޒް ވަނީ އެދިވަޑައިގެންފައެވެ.



ޝިޔާޒް އާއްމު ކުރި ސްކްރީން ޝޮޓްގައި ބުނެފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާ ހަވާލުކުރި 1354016 ޗެކް އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްދިނުމަށް 2015 ސެޕްޓެންބަރު 10 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް އަށް ހުށަހެޅުމުން އެ ފައިސާ ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށްކަން ފާހަގަކުރެވޭ ކަމަށެވެ. މިކަން ހިނގާދިޔަ ގޮތް ދައުލަތުން ހުށަހެޅި ހެކިން ކަމަށްވާ އަދީބާއި، ޒިޔަތު ޝަރީއަތުގެ މަޖިލީހުގައި ތަފްސީލްކޮށް ކިޔައިދީފައިވާ ކަމަށް ވެސް ޝިޔާޒް އާއްމުކުރި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ ސްކްރީން ޝޮޓްގައި ބުނެފައިވެއެވެ.

ޔާމީންގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ގާނޫނީ ވަކީލުން މިހާރު ވަނީ ފަށާފައެވެ.

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑްރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ރިޝްވަތު ގަބޫލުކުރިކަން ސާބިތުވާތީ ޔާމީނަށް އިއްވި 4 އަހަރުގެ ޖަލު ހުކުމާއި އަދި މަނީލޯންޑްރިންގެ ކުށް ސާބިތުވާތީ ޔާމީނަށް އިއްވި 7 އަހަރުގެ ޖަލު ހުކުމެކެވެެ. އެމައްސަލައިގައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަސްތޭރޭގައި ދެއްކުމަށް ހުކުމްގައި ވަނީ ރައީސް ޔާމިނަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން