މާދަމާ ރެއަކީ މުޅި ތިލަދުންމަތި ދިއްލިގެން ދާނޭ ރެއެއްކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ހއ. ދިއްދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ, މާދަމާ ރެއަކީ ތިލަދުއްމަތި ކެކިގެން އަރާނެ ރެއެއްކަމަށެވެ.

މާދަމާ ރެއަކީ ހަނިމާދޫ އެއަރޕޯޓުގެ ބިންގާ އަޅާ ރޭކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ, އެ އެއަރޕޯޓު ވެގެންދާނީ އެ ސަރަހައްދުގެ ރައްޔިތުންގެ އުންމީދު ގުޅިފައިވާ އެއަރޕޯޓަށް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ މާލިމީކަމުގައި ހަނިމާދޫ އެއަރޕޯޓު ވެގެންދާނީ މުޅި މި ސަރަހައްދަށް އާރޯކަމާއި ދިރުން ގެނެސްދޭނެ އެއަރޕޯޓަކަށް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކައިގައި ވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން ވިދާޅުވީ ރައީސް ޞާލިޙަކީ ވަރުބަލިފުޅުވާނޭ ބޭފުޅެއް ނޫންކަމަށެވެ.

“އަޅުގަނޑަކީ އެމަނިކުފާނާއި އެންމެ ގާތުގައި ހުންނަ އެކަކު. އެމަނިކުފާނު ނުފެނޭ ވަރުބަލިފުޅުވެގެން މަޑުކޮށްލައްވާ ތަނެއް. އަބަދުވެސް ވަޑައިގަންނަވާނީ ކުރިއަށް. ކުރިއަށް.” ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ވެރިއެއްގެ ކިބައިން ފެންނަންޖެހޭ އެންމެ ހަރުދަނާ ސިފައަކީ ލޮޑުވެ ފަހަތަށް ޖެހިގެން ނުހުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން