ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފަނޑިޔާރުންނަށް ނުފޫޒު ނުފޯރުވާތީ ބައެއް ބޭފުޅުން ފާޑު ވިދާޅުވިނަމަވެސް، އެއީ ނުރައްކާތެރި ކަމެއްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ މިހާރަކަށް އައިސް ބައެއް ސިޔާސީ ބޭފުޅުން ރައީސް ސާލިހަށް ފާޑު ވިދާޅުވަނީ ކޯޓުތަކަށް ނުފޫޒު ނުފޯރުވާތީކަމަށެވެ. އަދި އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ބޭފުޅުންނަށް ވަކި ގޮތަކަށް ޝަރީއަތްތައް ދާން ފެންނަ ކޮންމެ ކަމެއްގައި ސަރުކާރަކުން ކޯޓްތަކަށް އަތް ބާނާ ހުކުމް ނެރެން ވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.



"މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ވިދާޅުވާ ގޮތަށް އިންސާފު ޤާއިމު ކުރެވޭނީ އަނެއްކާވެސް ފުލުސް ކޯޓުގެ ނިޒާމް ޤާއިމު ކޮށްގެން." ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޯޓުތައް މިނިވަން ކުރީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ފެންނަހާ ގޮތަކަށް ހުކުމް ކުރުން ރަނގަޅު ނޫންކަމަށް ދިވެހިން ގަބޫލު ކޮށްގެންކަމަށެވެ. ނަމަވެސް ބައެއް ރިޔާސީ ކެންޑިޑޭޓުން އެ ބޭފުޅުންނަށް ވެރިކަން ލިބިއްޖެ ނަމަ އެކަން ،ބަދަލު ކުރައްވާނެ ކަމަށް ދޭހަވާ ގޮތަކަށް ވާހަކަ އެބަ ދައްކަވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބު ކުޑަތަންވަމުން އަންނައިރު އެ އިންތިހާބުގައި ވާދަކުރަށްވާ ދެ ބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކުގެ މިފަދަ ބަހުގެ ހަމަލާތައް ވެސް އަންނަނީ ވަރުގަދަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން