އަހުމަދު މަސްނޫމް   18 ޖެނުއަރީ 2023 - 15:19
ހދ. ހަނިމާދޫއިންް 200 ގޯތިި ދޫކޮށްފިއެވެ.

ހަނިމާދޫއިން ގޯތި ދޫކޮށްފައި މިވަނީ އެ ރަށުން ގޯތި ދޫނުކުރާތާ 12 އަހަރު ފަހުންްނެވެ.

ހަނިމާދޫ ކައުންސިލުން ގޯއްޗަށް އިއުލާނުކޮށްފައި ވަނީ މިދިޔަަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ހަނިމާދޫ ކައުންސިލުން ބުނީ މިދިޔަ ފެބްރުއަރީމަހު ހަނިމާދޫއިން ގޯއްޗަށް ހުޅުވާލުމުން 500 އަށްވުރެ ގިނަ ފަރާތުން ފޯމު ހުށަހެޅި ކަަމަށެވެ. އަދި މިހާރު އޭގެ ތެރެއިން ގޯތި ލިބޭ މީހުން ކަނޑައަޅާފައިވާކަމަށް ކައުންސިލުން ބުނެއެވެ.

ގޯތި ދޫކޮށްފައި ވަނީ ހަނިމާދޫގެ ރަސްމީ ބޯޅަދަނޑުގެ އިރުމަތީ ފަރާތުންްނާއި، ހަތިފުށީ ރައްޔިތުންނަށް ދީފައިވާ ގޯތިތަކުގެ އިރުމަތީ ފަރާތުން އަދި، އެރަށުގައި ފެކްޓްރީ ހިންގުމަށް ކުރިން ދޫކޮށްފައިވާ ބިމުގެ ބަޔަކުންނެވެ.

ހަނިމާދޫ ކައުންސިލުން ބުނީ މި 200 ގޯތި ދޫކުރުމުގެ މަސައްކަތް ނިމުމުން އިތުރު ގޯތި ދޫކުރުމަށް އަލުން އިއުލާނު ކުރުމަށް ރާވަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން